English Edition
Dhivehi Edition
ސ. އަތޮޅު މަދަރުސާ ފޮޓޯ:އީމާން

ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ދާއިމީ ގޮތެއްގައި ބަދަލު ގެނެސް ރަސްމީކޮށް އެކަން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާސީ އަހަރު ފެށޭ ދުވަސްވަރު ބަދަލުވެފައިވާކަން އިއުލާންކުރުމަށްފަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ގިނަ ގައުމުތަކެއްގައި ދިރާސީ އަހަރު ފަށަނީ އޮގަސްޓް މަހު ކަމަށެވެ. އިތުރަށް ޑރ. އާއިޝަތު އަލީ ވިދާޅުވީ ބޮޑު ޗުއްޓީ ދެން ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅުކަމަށާއި ފުރަތަމަ ޓާމް ނިންމާލުމަށްފަހު، ޓާމް ބަންދަށް ދޭއް ނުވަތަ ތިން ހަފްތާ ޑިސެމްބަރު ފަހުކޮޅު ލިބޭނެ ކަމަށެވެ.

އޮގަސްޓްގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ މި ބަދަލާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

ގިނަ ބަޔެއްގެ މަޝްވަރާ އާއެކު ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ބަދަލު ގެނެސްފައިވާއިރު މުޖާހިދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން މިކަމަށް އެދޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އެކި ފަހަރުމަތިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައިވެސް މި ބަދަލު ގެެސްދިނުމަށް އެދިފައިވާ ކަމަށެވެ.

މީގެއިތުރުން އޯލެވެލް އަދި އޭލެވެލް އިމްތިހާން މެއި/ޖޫން ގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު، މި ބަދަލާއެކީގައި އޯލެވެލް އިމްތިހާނު ނިމި އޭލެވެލް ފެށުމާ ދޭތެރޭ މިހާރު ހޭދަވާ ހަ މަސް ހޭދަނުވެ، މާ ގިނަ ދުވަސް ވޭތުނުކޮށް އޮގަސްޓު ތެރޭ އޭލެވެލް ކިޔެވުން ފެށޭނެ ކަމަށް އެޑިއުކޭޝަނުންވަނީ ބުނެފައެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހިޔާލު ހޯދުމުގެ ސާވޭ އެއްވެސް ކުރިއަށް ގެންގޮސްފައެވެ