English Edition
Dhivehi Edition
ދިވެހި މަސްދޯންޏެއް މަސްކަނޑުގައި މަސްބޭނުމުގައި

އެންދަމަން އޮތް، ތ. އަތޮޅު ދޯންޏެއްގައި ތިބި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރިއެއްގައި ޒަހަމްވި މީހަކު މަރުވެއްޖެއެވެ.

މާރަމާރީގައި ޒަހަމްވި މީހާ މަރުވީ އޭނާ އަށް ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 11:50 ހާއިރުއެވެ،

އެ ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ މާރާމާރީގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 3:50 ހާއިރުކަމަށެވެ.

މި މާރާމާރިއާއި ގުޅިގެން 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.