English Edition
Dhivehi Edition
އަލީ އިހުސާން

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއް އަހަރު ދުވަހުގެތެރޭގައި ހައްލުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި ބަންގްލަދޭޝް މަސައްކަތްތެރިންނަށް 135،149 ޕާމިޓް ގައި ބިދޭސީން ދިރިއުޅެމުން އަންނަކަމަށެވެ. އެކަމަކު، އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކައި ގަވާއިދާ އެއްގޮތަށް އަމަލުކުރަނީ އެންމެ 39،004 ޕާމިޓު ހޯލްޑަރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ދަފުތަރު އެކުލަވައިލުމަށް ފަހުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދާ އެއްގޮތްވާން ފުރުސަތެއް ދޭނެ ކަމަށެވެ. އަދި، އެއަށް ފަހުގައި ގަވާއިދާ ހިލާފަށް ތިބި އެންމެން އަނބުރާ ގައުމަށް ފޮނުވައިލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.