English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ:އޭއޯ ނިއުސް

ފުވައްމުލައް ސިޓީގައި، ޤަވައިދާއި ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، އަދި ޤަވައިދާއި ހިލާފަށް ބިދޭސީންނާއި މަސައްކަތް ހަވާލުކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ފުވައްމުލައް ސިޓީގައި ޤަވައިދާއި ހިލާފަށް ދިރިއުޅޭ ބިދޭސީން ގުރޫޕް ހަދައިގެން ވިޔަފާރި އުސޫލުން ކޮންސްޓްރެކްޝަން މަސައްކަތްކުރުމާއި، އެ ސިޓީގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ރަށުތެރެއަށާއި މާލެ ފޮނުވައިގެން ވިއްކާ ވިޔަފާރިކުރާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މިއީ ރަށުގައި އާމްދަނީކުރުމަށްޓަކައި މިފަދަ ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭ މަންފާ ދަށްވެ، ރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމެއްކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދާއި ހިލާފުކަމެއްކަންވެސް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުންވަނީ އެ ސިޓީގައި ދިރިއުޅޭ ބިދޭސީން ވިޔަފާރިކުރުމަށްޓަކައި، މާލެ ފޮނުވުމަށް ބޯޓު ފަހަރަށް އަރުވަމުންދާ ތަކެތި އަރުވައި ނުދިނުމަށް ބޯޓުތަކުގެ ވެރިފަރާތާއި ފަޅުވެރިންގެ ކިބައިން އެދިފައެވެ. އަދި ޤަވައިދާއި ހިލާފަށް ވިޔަފާރި އުސޫލުން އެއްވެސް ބާވަތެއްގެ މަސައްކަތެއް ބިދޭސީންނާއި ހަވާލުނުކުރުމަށާއި އެފަދަ ފަރާތްތަކުން ވިއްކަމުންދާ އެއްވެސް އެއްޗެއް ނުގަތުމަށް އެދިފައެވެ.

ފުވައްމުލައް ސިޓީގައި ދިރިއުޅެމުންދާ ބިދޭސީން ޤާނޫނާއި ގަވައިދާއި ހިލާފަށް އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ޝާމިލްވެ އުޅުމާއި ޝާމިލުކުރުމަކީ މަނާކަމެއްކަން ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ ޤަވައިދާއި ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، އަދި ޤަވައިދާއި ހިލާފަށް ބިދޭސީންނާއި މަސައްކަތް ހަވާލުކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާއި މެދު ފުލުހުންނާއި ގުޅިގެން ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

3 ކޮމެންޓް
ސަތޭކަ
އޮގަސްޓް 10, 2022
ބަރާބަރު
Baraabaru
އޮގަސްޓް 10, 2022
Varah harudhanaa fiyavalheh. Komme rashakunves mi gothah kankan koffinama dhivehin ithurah mussandhive, igthisaadhu salaamaiy kureveyne
ހަސަނު
އޮގަސްޓް 9, 2022
ނަސީބެއް ތިކަން އިމްޕްލިމެންޓް ވެއްޖެއްޔާ.