English Edition
Dhivehi Edition

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 64 މީހަކު ބަލިން ރަގަޅުވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކުރި ތަފާތު ހިސާބުތަކަށް ބަލާއިރު އައްޑޫ އިން ބަލިން ރަގަޅުވި މީހުންގެ އަދަދު ފަސްދޮޅަސް ހަތަރެކަށް އަރާފައިވާއިރު މިހާރު އައްޑޫގެ އެކްޓިވް ކޭސްގެ އަދަދަކީ އަށާވީހެވެ. އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ އެންމެ މީހަކަށެވެ.

އައްޑޫ ސިޓީއިން 6 ފެބްރުއަރީއިން ފެށިގެން މިހާތަނަށް 3911 ސާމްޕަލް ނަގާފައިވާއިރު ފާއިތުވި ތިން ދުވަހު އައްޑޫ ސިޓީ އިން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

މުޖްތަމައުގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ނެގި އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައިނުވާއިރު އައްޑޫ ސިޓީގެ ހުޅުދޫ މީދޫ ފިޔަވައި އެހެން އަވަށްތަކުގައި ކާފިއުވަނީ އުވާލާފައެވެ. އެހެންނަމަވެސް އަދިވެސް އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތުގައި އޮތްއިރު މިހާރު އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާނީ މިހާރު ނެގިފައިވާ ސާމްޕަލް ތަކުގެ ނަތީޖާ ލިބި އަދި އިތުރު ސާމްޕަލް ތަކެއް ނެގުމަށް ފަހު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހުގައެވެ.

އައްޑޫ ސިޓީން ޖުމްލަ 92 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އައްޑޫ ސިޓީ ކައުންސިލާއި ކަމާއި ބެހޭ އިދާރާތާކުން ވަނީ ބަލި ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.