އައްޑޫ ސިޓީ އިން އިއްޔެ އެކަނިވެސް 105 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ޖުމްލަ 776 އަށް އަރާފައެވެ.
އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 331ކަށް އަރާފައިވާއިރު ފޭދޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 164 ކަށް އަރާފައެވެ. މީދޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 133 ކަށް އަރާފައިވާއިރު ހުޅުދޫ އިން ވަނީ ޖުމްލަ 61 މީހަކު ޕޮޒިޓިވްވެފައެވެ.
މަރަދޫ އިން ޖުމްލަ 34 މީހަކު ޕޮޒިޓިވްވެފައިވާއިރު މަރަދޫފޭދޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 31އަށް އަރާފައެވެ. އައްޑޫ ސިޓީގައި ހިންގާ ރިސޯޓުތަކުން ޖުމްލަ 19 މީހަކު ޕޮޒިޓިވްވި އިރު އެހެނިހެންގައި 3 މީހަކު ޕޮޒިޓިވްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ
އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްޖެހިގެން ފެސިލިޓީގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު 2ކަށް އަރާފައިވާއިރު އެ ސިޓީ އިން މި ބަލީގައި ޖުމްލަ 14 މީހަކު ވަނީ މަރުވެފައެވެ.
އައްޑޫ ސިޓީ އިން މިހާތަނަށް ޖުމްލަ 4005 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 3214 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.