English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލަކު ކައުންސިލް

ކޮވިޑް19 އާ ގުޅިގެން ފުވައްމުލަކު ސިޓީގައި އިއުލާނު ކުރި ކާފިއު އުވާލައި، ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ފަލާހު ޝަރީފް ވިދާޅުވީ މި ފަހުން އެ ރަށުން ނެގި އެއްވެސް މީހެއްގެ ސާމްޕަލެއް ބައްޔަށް ޕޮޒިޓިވްވެފައިނުވާކަމަށެވެ. އެހެންކަމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ރޭ 12:00 އިން ފެށިގެން ލުއިދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމާފައިވާކަމަށެވެ. އެ ރަށުގެ ކާފިއު އުވާލި ނަމަވެސް އަދިވެސް ރަށް އޮތީ މޮނީޓަރިންގައެވެ.

އިއްޔެގެ ހުކުރު ނަމާދުން ފެށިގެން، ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވާއިރު ކައުންސިލުން ވަނީ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ބަލިން ރައްކާތެރިވުމަށް ގައިދުރުކަން ބެހެއްޓުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް

  • ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް ފުވައްމުލަކު ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި ބޭރަށް ނުކުމެ އުޅުން މަނާކުރުން
  • ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
  • އާންމު ދަތުރުފަތުރުގެ ހިދުމަތާއި ޓެކްސީގެ ހިދުމަތް އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ދިނުން
  • ފުވައްމުލަކުގައި ހިންގާ ފިހާރަތަކާއި ބޭންކު ފަދަ އާންމު ޚިދުމަތްތައް ދިނުމުގައިވެސް އެކަންކަމަށް، އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުން
  • ކޮލެޖް ޔުނިވާސިޓީތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށް ނުގެންދިއުން
  • ކެފޭ ހޮޓާ ރެސްޓޯރެންޓުތަކުންދޭ ހިދުމަތް ހުއްޓާލުން
  • ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޑެލިވަރީގެ ހިދުމަތް ދިނުން