English Edition
Dhivehi Edition
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް - ފޮޓޯ: އަވަސް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ޑރ.އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.

ޑރ. އިޔާޒް މަގާމުން ސަސްޕެންޑް ކޮށްފައިވާކަން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޑރ. އިޔާޒު ވިދާޅުވީ އިއްޔެ މެންދުރުފަހު 3:00 ހާއިރު އޭނާ ސަސްޕެންޑު ކުރިކަން އެންގިއިރު، 4:00ގައި އޭނާ ނަންގަވައިދެއްވާ ކްލާހެއްވެސް އޮތް ކަމަށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.

ޑރ، އިޔާޒް އެމްއެންޔޫ އިން ސަސްޕެންޑްކޮށްފައިވަނީ ސޯޝަލް މީޑިއާގައި ލިޔުއްވާ ބައެއް ލިޔުންތަކާ މެދު ލިބިފައިވާ ޝަކުވާތަކެއް ތަހުގީގުކޮށް ނިމެންދެން 14 ދުވަހުގެ މުއްދަތަށެވެ.

ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން ވަނީ މިދިޔަ އަހަރު ވެސް އޭނާއަށް އިންޒާރު ދީފައެވެ.