ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ދެ ރައީސުން ކަމަށްވާ، ރައީސް ޔާމީނު ޢަބްދުލްޤައްޔޫމާއި ރައީސް މުޙައްމަދު ނަޝީދުގެ ނަން ނެތުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު ޢިޔާޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޔާމީނާއި ނަޝީދުވާދައެއް ނުކުރައްވައެވެ.
މިކަމާ ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީނާއި، ރައީސް ނަޝީދުގެ ނަން ނޯންނަކަމީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ކަމަށާއި ، އަދި އެ ދެބޭފުޅުންގެ ނަން ވޯޓު ކަރުދާހުގައި ނެތް ކަމަށް ޓަކައި ، ދުޢާ އިޖާބަ ކޮށްދެއްވީތީ މާތް ﷲއަށް ޙަމްދުކުރާ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްއިން އިންތިހާބުގައި ވާދަކުރަން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް ޔާމީން ހުށަހެޅުއްވި ފޯމް އިލެކްޝަންސް އިން ވަނީ ބާތިލްކޮށްފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު އަށް ރިޔާސީ ޓިކެޓް ދީފައި ވާއިރު ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.
މި ފަހަރުގެ ރިޔާސީ . އިންތިޚާބުގައި ވާދަކުރައްވަވާ ކެނޑިޑޭޓުންނަކީ:
ރިޔާސީ އިންތިހާބަށް ވާދަކުރަން ފޯމް ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޑިމޮކްރެޓްސް އާއި ޕީއެންސީ އަދި އެމްއެންޕީ އެވެ. އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އާއި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލެވެ.
މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފަހަރެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއްވީ 2008 ވަނަ އަހަރު އެވެ. އެފަހަރު ހަ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެވެ.