English Edition
Dhivehi Edition
ޑރ. ޝާހީމް އާއި ޑރ. އިޔާޒު ޕީޢެޗްޑީ ހާސިލްކުރެއްވި ދުވަހުގެ ފޮޓޯ ފޮޓޯ: އިޔާޒް / ސޯޝަލް މީޑިއާ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމީ ފެންވަރާ ދޭތެރޭ ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވެފައިވަނީ، އެކްސްގައި “ހަސަން ކުރުސީ” ގެ ނަމުގައި ހިންގާ އެކައުންޓަކުން ޑރ. ޝަހީމަށް ޕީއެޗްޑީ ލިބިވަޑައިގެންފައިވާ ގޮތާ މެދު ސުވާލު އުފައްދައި ޖަހާފައިވާ ޕޯސްޓަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޝަހީމްއަށް އަމާޒުވަމުން ދިއުމާއި ގުޅިގެންނެވެ.

އެގޮތުން އިޔާޒް ވިދާޅުވީ ޑރ.ޝަހީމްގެ އިލްމީ ފެންވަރާއި ހުނަރުވެރިކަމަކީ ސުވާލު އުފެއްދުމުގެ ޖާގައޮތް ކަމެއް ނޫން ކަމަށެވެ. ޕީއެޗްޑީގައި ޝަހީމް ފާސްވެފައި ވަނީ ކުދި އިސްލާހު ތަކާއެކުގައި ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އެއީ މަދު ކެންޑިޑޭޓެއް ފިޔަވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބޭނެ އެންމެ މަތީ މާކްސް ކަމަށެވެ. އަދި ޝަހީމްގެ އަތުގައި އޮތީ ރަނގަޅު ސެޓްފިކެޓެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

2013 ވަނަ އަހަރު ޑރ. ޝަހީމް އާއި ޑރ. މުނީޒާ ދަސްވެނިވީ އޭނާއާ އެކުގައިކަން ފާހަގަކުރައްވަމުން އިޔާޒް ވަނީ އެބޭފުޅުން ޕީއެޗްޑީ ހާސިލް ކުރެއްވި ދުވަހުގެ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ.