English Edition
Dhivehi Edition
މީދޫ ރަސްމީ ފުޓްބޯޅަ ދަނޑު ފޮޓޯ: އީމާން

އައްޑޫ ސިޓީ މީދޫގައި ފުޓްސަލްދަނޑެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އިއްޔެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ އެންމެހާއި ފަރާތްތަކަށް މި ފުރުސަތު ހުޅުވާލާކަމަށެވެ،

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 07 މާރިޗު 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 11 މާރިޗު 2021 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ސިޓީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް 300/- ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1000.00ރ ( އެއްހާސް ރުފިޔާ ) ހުށަހަޅަން ޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 90 ދުވަހެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 22 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައި ކުރިއަށްދާނެކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.