English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް ނިޔާވީ 78 އަހަރުގެ މީހެއް ކަމަށެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 ގައި ނިޔާވި 64 ވަނަ މީހާ އެވެ. މިއަހަރުގެ މިހާތަނަށް ކޮވިޑް19 ގައި ސޯޅަ މީހަކު ނިޔާވެފައިވާއިރު މި ބަލީގައި ރާއްޖޭގެ ހާލަތު ގޯސްވެފައިވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ،

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު ބަލީގައި 2،615އަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.