English Edition
Dhivehi Edition

ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ރެޖިސްޓާ ކޮށްފައިވާ 15 އުޅަނދެއްގެ ރެޖިސްޓްރީ ބާތިލް ކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ އެ ލިސްޓުގައި ހިމެނޭ 15 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވަނީ ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅައިގެން ކަމަށްވާތީ، އެ ވެހިކަލްތަކުގެ ރަޖިސްޓަރީތައް ބާތިލްކޮށްފައިވާކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން މީގެ ކުރިން ވަނީ 17 ވެހިކަލެއްގެ ރެޖިސްޓްރީއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އިއުލާނުކޮށްފަ އެވެ.މި ގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނުގައިވަނީ އުޅަނދުތަކުގެ ރެޖިސްޓްރީ ނަންބަރު އާންމުކޮށް، ހަތް ދުވަސްތެރޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައެވެ.

އޭގެތެރެއިން 15 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާއިރު އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކެވެ، މި މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަރާޖް ކޮމިޓީގެ ނަމުގައި ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.