English Edition
Dhivehi Edition
ފުލުހުން މާލޭގެ މަގުމަތި މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

މާދަމާ އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތްތައް ދިނުން ޑިޖިޓަލައިޒް ވެގެން ދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ލައިސަންސްގެ ހިދުމަތް ޑިޖިޓަލްކޮށް ދިނުމަށް ނިންމުމުގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ހިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުންކަމަށެވެ. އަދި އަލަށް ފަރުމާކުރެވުނު އާ ސޮފްޓްވެއާއެކު، އާދިއްތަ ދުވަހުން ފެށިގެން ޑިިޖިޓަލް ލައިސެންސް ކާޑު ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ އަލަށް ތައާރަފްކުރި ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބަލައިގަތުމަށް ފުލުހުންނަށް އަންގާފައިވާނެކަމަށެވެ. އަދި އެޕްލިކޭޝަނުން ފެންނަ ލައިސަންސަކީ މުއްދަތު ހަމަނުވާ ލައިސަންސެއް ނަމަވެސް އެއީ ސައްހަ ލައިސެންސެއް ކަމަށް ބަލައިގަތުމަށް ވެސް އަންގާފައިވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަލަށް ތައާރަފު ކުރެވޭ ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށެވެ.