English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިއަދުވެސް 5،700 މީހަކަށް ކޮވިޑް ވެކްސިން ޖަހައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 5،700 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަމާލެ ސަރަޙައްދުން ވެކްސިން ޖެހި 2،088 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 3،612 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 117،115 އަށް އަރައިފައެވެ. އެއީ ފުރަމާލެ ސަރަޙައްދުން 77،251 މީހުންނާއި އަތޮޅުތެރެއިން 39،864 މީހުންނެވެ.

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް 19,979 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 17,343 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 181 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ބަލީގައި ރާއްޖެއިން 62 މީހަކު ވަނީ ނިޔާވެފައެވެ.