English Edition
Dhivehi Edition
25 މާޗު 2020: ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބޭއްވި އިމަޖެންސީ ޑްރިލްގެ ތެެރެެއިން - ފޮޓޯ: އަހުމަދު ޝުރާއު (ވީނިއުސް)

ރާއްޖެއިން އިތުރު 186 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 152 މީހަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުން 23 މީހަކާއި، ރިސޯޓުތަކުން 10 މީހަކު އަދި ކަނޑު އުޅަނދުފަހަރުތަކުން 01 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19،979 އަށް އަރައިފައިވެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 4،247 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 527،850 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 2،567 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 181 މީހެކެވެ.