English Edition
Dhivehi Edition

ރާއްޖެއިން 100,000 އަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 6,073 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަމާލެ ސަރަޙައްދުން ވެކްސިން ޖެހި 3,147 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 2,926 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 105,492 އަށް އަރައިފައެވެ. އެއީ ފުރަމާލެ ސަރަޙައްދުން 72,872 މީހުންނާއި އަތޮޅުތެރެއިން 32,620 މީހުންނެވެ.

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް 19,597 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 17,132 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 170 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ބަލީގައި ރާއްޖެއިން 61 މީހަކު ވަނީ ނިޔާވެފައެވެ.