English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އާއި ގްރީން ސްޓުރީޓް ބައްދަލުކުރި މެޗު ފުރިހަމަ ނުވަނީސް ހުއްޓާލުމުން މެޗުން މޮޅުވީ މާޒިޔާކަމަށް އެފްއޭއެމުން ނިންމައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު މާޒިޔާއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ހުއްޓުމަކަށް ދިޔައީ ދެވަނަ ހާފުގެ ތެރޭގައި ރެފްރީގެ ނިންމުމެއްގެ ސަބަބުން ގްރީންގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާއެކުއެވެ.

މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ކުޅުން ހުއްޓުމަކަށް ދިޔައީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީންގެ ސުބޮލް އިލިއާއަށް ރެފްރީ ނިއުޝާދު ރީނދޫ ކާޑް ދެއްކުމާ ގުޅިގެން މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ނިއުޝާދު ނިންމުމާއި މެދު ހިންހަމަނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށް ކުރިން ވެސް ނިއުޝާދު ރެފްރީކަން ކުރި މެޗުތަކުގައި އޭނާގެ ނިންމުންތަކާ މެދު ގްރީނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ.

އިލިއާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި ހާދިސާގެ އިތުރުން ދެވަނަ ހާފަށް އެހެން ރެފްރީއެއް އެރުމުން، އެކަމުގެ ޝަކުވާތައް ވެސް ގްރީނުން ހުށަހަޅަމުންދިޔައެވެ. ގްރީނުން ބުނަމުންދިޔައީ ދެވަނަ ހާފުގައި ރެފްރީ ބަދަލު ކޮށްފައިވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ.

ޕްރިމިއަ ލީގުގައި މާޒިޔާއާއި ގްރީން ސްޓްރީޓް ބައްދަލު ކުރިމެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެއްފޭއެމް އިން ނިންމާފައިވަނީ މެޗު ކޮމިޝަނަރުގެ ރިޕޯޓާއި ރެފްރީސް ރިޕޯޓާއި މެޗު ރެފްރީ އަދި މެޗު ކޮމިޝަނަރު މުބާރާތުގެ ކޮމިޓީއަށް ހާޒިރު ކުރުމަށްފަހު އެ ފަރާތްތަކުގެ ވާހަކަތަކަށް ބެލުމަށްފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގު 2017ގެ ގަވާއިދުގެ 11.6 އަދި 11.7ގައި ވާގޮތުގެ މަތިން މާޒިޔާ މެޗުން މޮޅުވީކަމށް ނިންމައި ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު މާޒިޔާއަށް ލިބިފައިވާ ކަމށެވެ.

އެ މެޗުގެ މައްސަލާގައި ރެފްރީ މުހައްމަދު ނިއުޝާދު ސަސްޕެންޑްކޮށް، އެފްއޭއެމްގެ ރެފްރީސް ޑިފާޓްމަންޓާ ހަވާލުވެހުރި އަހްމަދު އަމީޒު މަގާމުން ދުރުކޮށްފައެވެ.