English Edition
Dhivehi Edition

މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ފާރުމަތިން، މީހަކު އެ ކޮމިޝަންގެ ތެރެއަށް ވަނުމަށް ފުލުހުން އެހީތެރިވެދޭ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް އޭނާގެ ޓުވިޓާގައި މި ވީޑިއޯ އާންމުކުރަމުން ކުރި ޓުވިޓެއްގައި ވަނީ މިއީ ކިހިނެއްވާ ކަމެއްތޯ؟ ބުނެ ފުލުހުން ޓެގްކޮށް ސުވާލު ކޮށްފައެވެ.އަދި ދަންވަރު ގަޑީގައި އިންޑިއާ ހައިކޮމިޝަނަށް މީހުން ވައްދަނީ ފާރުމަތިންތޯ ވެސް ނަރީޝް ވަނީ ސުވާލު ކޮށްފައެވެ.

މީސް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ އިން ފެންނަ ގޮތުން ފާރުމަތިން އިންޑިއާ ހައިކޮމިޝަނަށް، އާދައިގެ ހެދުމުގައި ހުރި މީހެކު ވަނުމަށް ދެ ފުލުހުން އެހީތެރިވާއިރު އޭނާ އަކީ ދިވެއްސެއްކަމެއް ނުވަތަ ބޭރު މީހެއްކަމެއް ވީޑިއޯ އިން ކަށަވަރެއް ނުވެއެވެ.

މިކަމާއި ގުޅިގެން މީޑިއާ އަށް މައުލޫމާތު ދިނުމަށް ފުލުހުން ހަދާފައިވާ ވައިޓްސް އެޕް ގްރޫޕްގައި ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ.އެހެންނަމަވެސް އެސުވާލަށް ފުލުހުން އަދި ޖަވާބު ދީފައެއް ނުވެއެވެ.