English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ސިޓީގައި ކޮވިޑް ކޮންޓްރޯލްކުުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް އިތުރުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ، މިމަހު 12 ވަނަ ދުވަހު ވަނަ ދުވަހު އެ ސީޓީގައި ރައްކާތެރިކަމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތައް އެޅުމަށް އެންގި އެންގުން އިތުރު ހަތް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކުގައި ކާފިއު އިއުލާންކޮށްފައިވާއިރު ރޭގަނޑު 20:00 އިން ފަތިހު 04:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވާއިރު އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެ އެންގުމުގައި ވާ ގޮތުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެސިޓީގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ވަނީ މަނާކޮށްފައެވެ. .

އެޗްޕީއޭ އިން އިތުރަށް އާންމުކުރި އެންގުމުގައިވާ ގޮތުން އެ އެންގުމުގައިވާ ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަށް އިސްތިސްނާވެގެންވެއެވެ.