English Edition
Dhivehi Edition

ސުލްހަވެރި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންްނެވި އަބްދުއްރަހީމް އަބްދުﷲ އަށް ފާޑުވިދާޅުވެ ރޭ ކުރެއްވި ޓުވީޓަކާއި ގުޅިގެން އޭނާގެ އިސްތިއުފާއަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަވާނެކަމަށެވެ، “ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަވާނެ. އޭރުން ރައްޔިތުންނަށް އަބަދުމެ ފަހިވާނެ. އެ މަގަށް އެންމެ ފަހިވާނެހެން މި ސަރުކާރުން ފުރުސަތު ދޭނެ” އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު އިއްޔެ އިދިކޮޅު ފަރާތްތަކުން ބާއްވަން ތައްޔާރުވަމުން ދިޔަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފުކަމަށް ބުނެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުންވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. މި ގޮތުން ފުލުހުން ތިރީސް މީހަކު ހައްޔަރުކޮށްފައިވާއިރު ޕީޕީއެމްގެ އޮފީސްވެސް ވަނީ ބަންދުކޮށްފައެވެ.