English Edition
Dhivehi Edition

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ކޮވިޑް ޖެހިގެން ނިޔާވީ އުމުރުން 80 އަހަރުގެ އަންހެނެކެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 61 ވަނަ މީހާ އެވެ. އަދި މި މަހު މިހާތަނަށް މި ބަލީގައި ނިޔާވި ނުވަ ވަނަ މީހާއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ ބަޔަކަށް ބަލިޖެހެމުން އަންނައިރު، މިހާރު ވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ކޮވިޑު ޖެހިގެން ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.