English Edition
Dhivehi Edition
މިނިސްޓަރ ޑރ މުއިއްޒު އައްޑޫއަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ އޭއޯ ނިއުސް

ހައުސިންގ މިނިސްޓްރީގެ ދަށުން އައްޑޫގައި ހިންގަމުންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް ހައުސިން މިނިސްޓަރ ކުރެއްވި ދަތުރު ފުޅަކީ، ސީދާ ރައީސް ޔާމީންގެ އެދި ލެއްވުމުގެ މަތިން ކުރެއްވި ދަތުރުފުޅެއް ކަމަށް ހައުސިން މިނިސްޓރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިއްޔެ އައްޑޫގެ ރަށްތަކުގައ ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލެއްވުމަށް ކުރެއްވި ދަތުރުފުޅުގައި މީދޫ ރައްޔިތުންނާ މުހާތަބު ކުރަމުން ވިދާޅުވެފައިވަނީ މިއީ ސިދާ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ، އެދި ލެއްވުމުގެ މަތިން އައްޑޫގައި ކުރިއަށް ގެންދަވާ މަޝްރޫއު ތައް ބައްލަވާ ލެއްވުމަށް ކުރެއްވި ދަަތުރު ފުޅެއް ކަމުގައެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން އިކުއިޓޯރިއަލް ކޮންވެޝަން ސެންޓަރުގައި ތަރައްގީ ކުރާ އައްޑޫ އާހޮސްޕިޓަލުގެ މަސައްކަތް ބައްލަވައިލެއްވުމާއި ހިތަދޫ އަދި ހުޅުމީދޫ ފްލެޓް ސަރަހައްދާއި މީދޫ ނެރު ކެނޑުމުގެ މަޝްރޫއު ކުރިއަށްދާ ސަރަހައްދު ފަދަ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއުތައް ވަނީ ކުރައްވާ ބައްލަވާ ލައްވާފައެވެ.

މި ދަތުރު ފުޅުގައި މިނިސްޓރ މުއިއްޒު ވަނީ ރައްރަށުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ އަދި އެ ރަަށަކަށް ދިމާވެފައި ހުރި މައްސަލަތަކަކީ ކޮބައިތޯ ބައްލަވާ އޮޅުން ފިލުވާފައެވެ. މިނިސްޓަރުގެ އެއްދުވަހުގެ މި ދަތުރު ފުޅުގައި ވަނީ އައްޑޫ ރައްޔިތުންނަށް އުފާވެރި ހަބަރު ތަކެއްވެސް ދެއްވާފައެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ކޮންޓްރެކްޓުގައި ސޮއި ކުރާ ހިސާބައް ގޮސްފައިވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށްވެސް އައްޑޫގައި މަޝްރޫއުތަކެއް ރޭވިފައިވާކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.