English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ނުވައެކަށް އަރައިފިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހީމް ދީދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލޫ ކްލިނަކަށް ދެއްކި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ އަކީ މި މަހުގެ 23 ވަނަ ދުވަހު ފްލޫ ކުލިނަކަށް ދެއްކި މީހެކެވެ.

މީދޫ އިން މިހާތަނަށް ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން ތިން މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައެވެ.