ފުވައްމުލައް ސިޓީ އިން އިއްޔެ އެއްވެސް މީހަކު ޕޮޒިޓިވްވެފައިނުވާކަމަށާއި އިތުރު 10 މީހަކު ބަލިން ރަގަޅުވެފައިވާކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ
އެ ސެންޓަރުގެ އިއްޔެގެ ތަފާތު ހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00 އާއި ހަމައަށް އެ ރަށުން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. އަދި ބަލިން ރަގަޅުވި މީހުންގެ އަދަދު 10 އަކަށް އަރާފައިވާއިރު އެ ރަށުން ބަލިން ރަގަޅުވި ޖުމްލަ އަދަދު ވަނީ 17 އަށް އަރާފައެވެ. ފުވައްމުލަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 21 އަށް އަރާފައިވާއިރު އެ ރަށުގައި ބަލި ކޮންޓްރޯލްކުރުމަށް ސިޓީ ކައުންސިލުންވަނީ ގިނަ ފިޔަވޅުތަކެއް އަޅާފައެވެ.
ފުވައްމުލަކު މުޖްތަމައު ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނައިރު އިއްޔެވެސް އެރަށުން 224 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.