English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން އިތުރު 6 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު 18:00 ގެ ފަހުން އައްޑޫ ސިޓީ މީދޫ އިން6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި 6 މީހުންގެ ތެރެއިން އެކަކީ އެމްޓީސީސީ ކްލަސްޓާ އާއި ގުޅުން ހުރި މީހެއްކަމަށާއި ދެން ޕޮޒިޓިވްވި 05 މީހުންނަކީ އަލަށް ފެނުނު ކްލަސްޓާ އާއި ގުޅުން ހުރި މީހުންކަމަށެވެ. އިތުރަށް އީއޯސީ އިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އިއްޔެ ހަވީރު 18:00 އިން ފެށިގެން މިއަދު ހަވީރު 18:00 ހަމައަށް ޖުމްލަ 29 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. 06 ޕެބްރުއަރީ އިން ފެށިގެން މިއަދާއި ހަމައަށް 2665 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.