English Edition
Dhivehi Edition
ޕީޕީއެމްގެ ނިއުސް ކޮންފަރެންސެއްގައި ނިހާން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މިހާރު

ދިގު 30 އަހަރުގެ ވެރިކަމެއް ކުރެއްވިއިރު ފައިވާނުގައި ވެލިކޮޅެއްވެސް ބީއްސާނުލެއްވި ބޭފުޅަކު ޕޯޑިއަމްއަކަށް އަރުއްވާ ވެރިކަން ކުރެއްވުމުގެ ވާހަކަ ދެއްކެވުމުން، އެމަނިކުފާނުގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަންޖެހޭކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ރޭ ރުމާލު 2 ގައި ބޭއްވި ޖަލްސާގައި ނިހާނު ވިދާޅުވީ 30 އަހަރު ވެރިކަން ކުރެއްވިއިރު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް އެމަނިކުފާނަށް ފުއްދައިދެވިފައި ނުވާކަމަށެވެ.

” ރައްޔިތުންގެ ޙާލަތު ދެނެވަޑައިގެންނެވި ބޭފުޅެއްކަމަށް އެމަނިކުފާނު އަމިއްލަފުޅަށް މިއަދު ވިދާޅުވާއިރު 30 އަހަރު ވެރިކަން ކުރެއްވިއިރު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް އެމަނިކުފާނަށް ފުއްދައިދެވިފައި ނުވޭ. މަދު ކަމެއް ފިޔަވާ އިތުރު އެއްވެސްކަމެއް އެއްވެސް ދާއިރާއަކުން މަޢުމޫނަށް ކޮށްދެވިފައި ނުވޭ” ނިހާން ވިދާޅުވިއެވެ.

ކުރީގެ ރައީސް މަޢުމޫނު ޕީޕީއެމްގެ ރައީސްގެ މަޤާމުން ވަކިވެވަޑައިގެންނެވި ގޮތާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް މިހާރު މަޢުމޫނު ހުންނަވާނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައިކަން ކަށަވަރުވާނެކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެއްޖެ ޙާލަތެއްގައި ޕާޓިގެ އަސާސީ ޤަވާއިދުގައި ކަނޑައެޅިފައިވާ ފަދައިން ޕާޓީގެ ރައީސްކަމުންވެސް ވަކިވާނެކަމަށް ނިހާން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނިހާންގެ ވާހަކަފުޅުގައި ވަނީ 1 ފަހަރުން ރިޔާސީ އިންތިޙާބެއް ރައީސަކު ކާމިޔާބު ކުރައްވާ މަންޒަރު 2018 ވަނަ އަހަރު ފެނިގެންދާނެކަމަށާއި، ﷲގެ އިރާދަފުޅާއިއެކު 2023 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރައްވާނީ ރައީސް ޔާމީންކަމަށް ވިދާޅުވެފައެވެ.