English Edition
Dhivehi Edition
ރޭ އެޗްއީއޯސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ އެޗްއީއޯސީ

ދަރުބާރުގެއިން 6 މީހަކު ޕޮޒިޓިވްވެ އެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވި 29 މީހަކު ކަރަންޓީން ކޮށްފިއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތައް ކުރިއަށް ގެންދާ ދަރުބާރުގެއިން ބަޔަކު ޕޮޒިޓިވް ވެފައިވާކަން ކަށަވަރުކޮށްދެއްވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު އަހްމަދު ނާސިރެވެ. އޭނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅާއި އެކުވެސް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވާ ރޭޓް ދަށް ނުވާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ރާއްޖެއިން އިއްޔެ ކޮވިޑް ޖެހުނީ 145 މީހަކަށެވެ. އެއީ މާލެ ސަރަޙައްދުން 89 މީހަކާއި އަތޮޅުތެރޭން 22 މީހެއްގެ އިތުރުން ރިސޯޓުތަކުން 32 މީހެކެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ ޢަދަދު 18000 އިން މަތީގައި އުޅޭއިރު މީގެ ތެރެއިން 162 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިއަދާއި ހަމަޔަށް މިބަލީގައި ރާއްޖެއިން 60 މީހުންވަނީ ނިޔާވެފައެވެ.