English Edition
Dhivehi Edition

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފީއިން އިއުލާންކުރި ފީފާ ވޯލްޑް ރޭންކިންގައި ރާއްޖެ 12 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފީއިން އިއުލާނުކުރި ކޮކާ-ކޯލާ ދުނިޔޭގެ ރޭންކިންގައި މިފަހަރު ސާކުގެ ސަރައްހަދުގެ ހުރިހާ ގައުމެއްވެސް ފަހަތަށް ގޮސްފައިވާއިރު ސާކް ސަރަހައްދަށް އެއްވަނައިގައި އަދިވެސް އޮތީ އިންޑިއާއެވެ.

އިންޑިއާއަށް ދުނިޔޭގެ 107 ވަނަ ލިބިގެންދިޔައިރު، އެ ގައުމު ވަނީ ދިހަ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ދެ ދަރަޖައިގެ ވެއްޓުމަކާއެކު އަފްޣާނިސްތާން އޮތީ ދުނިޔޭގެ ރޭންކިންގެ 158 ވަނައިގައެވެ. ނުވަ ދަރަޖައިގެ ވެއްޓުމަކާއެކު ބޫޓާން 174 ވަނައިގައި އޮތްއިރު، ހަ ދަރަޖައިގެ ވެއްޓުމަކާއެކު ނޭޕާލް އޮތީ 175 ވަނައިގައެވެ.

ހަތް ދަރަޖައިގެ ވެއްޓުމަކާއެކު ބަނގުލަދޭޝް އޮތީ 196 ވަނައިގައެވެ. ދެކުނު އޭޝިއާއަށް ނިސްބަތްވާ ސްރީ ލަންކާ އާއި ޕާކިސްތާން އޮތީ އޭޝިއާ ސަރަހައްދުން ވެސް އެންމެ ފުލުގައެވެ. އެއް ދަރަޖައިގެ ވެއްޓުމަކާއެކު ސްރީ ލަންކާ 198 ވަނައިގައި އޮތްއިރު، ޕާކިސްތާން އޮތީ 200 ވަނައިގައެވެ.

ރާއްޖެ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައި ވަނީ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައެވެ. މި މަހުގެ ފަސް ވަނަ ދުވަހު އޮމާންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 0-5ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިފަހަރު ބްރެޒިލް ވައްޓާލުމަށްފަހު ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ޖަރުމަންއަށް ލިބޭއިރު ބްރެޒިލް މިހާރު އޮތީ ދެވަނައިގައެވެ. ތިންވަނައިގައި ޕޯޗުގަލް އޮތްއިރު ހަތަރުވަނައިގައި އޮތީ އާޖެންޓީނާއެވެ.

އިންޑިއާ މިފަހަރު 107 ވަނަގައި ރާއްޖެ އޮތީ އިންޑިއާއަށް ވުރެ 47 ދަރަޖަ ފަހަތުން ރާއްޖެ އޮތީ ސަރައްހަދުގެ ދެވަނަ ގައިއެވެ.