English Edition
Dhivehi Edition

ގައުމީ ފުޓްބޯޅަ ޓީމާއި އަލަށް ހަވާލުވި ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގަޓް ގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗްގައި ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އިއްޔެ ހަވީރު ސިންގަޕޫރު ގައި ކުޅުނު މިމެޗުން ރާއްޖޭގެ މައްޗަށް ސިންގަޕޫރު ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

ސިންގަފޫރާއި ރާއްޖެ ކުޅުނު މިމެޗުގައި ގައުމީ ކޯޗު ސެގަޓް ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް މިމެޗުގައި ފުރުސަތު ދީފައިވާއިރު ސިންގަޕޫރުން ވަނީ މިމެޗުގެ 38 ވަނަ މިނިޓްގައި ކެޕްޓަން ހާރިސް ހާރޫން ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން ރާއްޖެ އަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ވަނީ ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 66 ވަނަ މިނެޓްގައި ސިންގަޕޫރުން ލިބުނު ޕެނަލްޓީ އަކުން ދެވަނަ ފަހަރަށް ޝަހްދާން ސުލެއިމާންގެ ލަނޑުން މެޗުގެ ލީޑު ފުޅާ ކޮށްފައިވާއިރު ސިންގަޕޫރުން ވަނީ މެޗުގެ 72 ވަނަ މިނެޓްގައި ޝާކިރު ހަމްޒާގެ ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ. މިއަދުގެ މެޗުގައި ރާއްޖޭގެ ދެވަނަ ގޯލު މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހިމް މަހުދީ (ހަބޭސް އިއްބެ) އެވެ.

އެކުވެރި ކަމުގެ މެޗުން ސިންގަޕޫރު އިއްޔެ ރާއްޖެ އަތުން މޮޅުވެފައިވާއިރު މިއީ ފާއިތުވެދިޔަ 16 މަސް ދުވަހުގެ ތެރޭގައި ސިންގަޕޫރު މޮޅުވި ފުރަތަމަ މެޗެވެއެ. އެންމެފަހުން ސިންގަފޫރު މެޗަކުން މޮޅުވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކެމްބޯޑިއާ އާއި ބައްދަލުކޮށް 0-1 އިންނެވެ.

ސެގަޓްގެ އިރުޝާދުގެ ދަށުން ދެން ރާއްޖެ ނިކުންނާނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 27 ވަނަ ދުވަހު ބޫޓާނާއި ދެކޮޅަށެވެ.