English Edition
Dhivehi Edition

ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުން ތެރިޔާ ނިއުރެޑިއެންޓްގެ އަލީ އަޝްފާގް(ދަގަނޑޭ) ގައުމީ ޓީމުން ވަކި ކޮށްފިއެވެ.

ދަގަނޑޭ ގައުމީ ޓީމުން ވަކިކޮށްފައިވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ ލެގުގައި ބޫޓާނާއި ދެކޮޅަށް ރާއްޖެ މާދަމާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިން ކޮންފަރެންސްއަށް ހާސިރުވެފައި ނުވުމުންނެވެ.

ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ދަގަނޑޭ ވަނީ އޭނާ ގައުމީ ޓީމަށް ކުޅުނު 78 މެޗުން 52 ގޯލް ޖަހައިދީ ރާއްޖެ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޝާފް ޗެމްޕިއަން ޝިޕް ގައުމީ ޓީމުން ކާމިޔާބު ކުރި އިރުވެސް ޓީމްގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެގަޓް ބުނީ ދަގަނޑޭގެ ވިސްނުމުގައި މައްސަލައެއް އުޅޭ ކަމަށާއި މާދަމާ ރޭގެ މެޗުގައި ކުޅޭނެ ކަމާ މެދު އަދި ވަކިގޮތެއް ނުވިސްނާ ކަމަށެވެ.

ސެގަޓް ބުނީ” ކުރިއަށް އޮތް ތަނުގައި ބޭނުންވަނީ ގައުމަށް ޓަކައި 100 ޕަސަންޓް ދީގެން ކުޅޭ ކުޅުންތެރިން. 50 ޕަސެންޓް ދޭނަމަ އަހަރެން ނަގާނީ ޒުވާން ކުޅުންތެރިން. ދަގަނޑޭގެ ވިސްނުމުގެ މައްސަލައެއް އުޅޭ ކަމަށާއި އެހެންކަމުން އޭނާ މާދަމާގެ މެޗްގައި ކުޅޭނެ ތޯ ޖެހޭނީ ބަލަން.”ކަމަށެވެ.

މާދަމާ ރޭ ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން އަޝްފާގު ވަކިކޮށްފައިވާއިރު ރާއްޖޭގެ ގައުމީ ޓީމާ ސެގަޓް ހަވާލުވިފަހުން މިދިޔަ ހުކުރު ދުވަހު ސިންގަޕޫރާއި ދެކޮޅަށް ރާއްޖެ ކުޅުނު އެކުވެރި ކަމުގެ މެޗުގައު ބުރަކައްޓަ ލިބުނު އަނިޔާގެ ސަބަބުން ދަނގަޑޭ ބައިވެރިވެފައެއް ނުވެއެވެ.

ގައުމީ ކެޕްޓަން އަޝްފާގު ޓީމުން ވަކިކޮށްފައިވާއިރު ސެގަޓް ވަނީ ސިންގަޕޫރާއި ދެކޮޅަށް ނެގި ސްކޮޑުން ބާކީކުރި ޒުވާން ކުޅުންތެރިޔާ ހަސަން ނާއިޒު(ދާދު) އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް(ބަކާ)އަށް ގިނަ ދުވަސް ތަކެއް ފަހުން ގައުމީ ސްކޮޑުން ފުރުސަތު ދީފަ އެވެ.