މަޝްހޫރު ރިއަލިޓީތަރި ކިމްކާޑޭޝިއަން ފިރިމީހާ ކާންޔޭ ކައިރިން ވަރިވާން ފޯމްލާފައިވާ ކަމަށް ކިމްގެ ގާތްމީހަކު މީޑިއާތަކަށް ކަށަވަރުކޮށްދީފިއެވެ.
މިދެތަރިންގެ ކައިވެންޏަށް 7އަހަރު ފުރިފައިވާ އިރު 4 ދަރިންލިބިފައި ވެއެވެ.
ކިމް އާއި ކާންޔޭގެ ކައިވެނީގައި މައްސަލަތައް ޖެހި ވަކިން ދިރިއުޅެމުންގެން ދާ ވާހަކަ މީގެކުރިންވެސް މީޑިއާތަކުގެ ފަލަސުރުހީ އަށްވަނީ އަރާފައެވެ. ކައިވެނީގައި މައްސަލަތަކެއް ޖެހުނު ކަމުގައި ވިޔަސް ކައުންސިލިންގ ހޯދައިގެން ކައިވެނި ދެމެހެއްޓޭތޯ ކިމްވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.
މީގެ ދުވަސްތަކެއް ކުރިން ކާންޔޭގެ ޓްވިޓާގައި އޭނަގެ އަނބިމީހާ އާއި ބެހޭގޮތުން ތަފާތު ވާހަކަތައްދާއްކާފައި ވެއެވެ. ފަހުން އެ ޓްވީޓްތައް ޑިލީޓް ކުރުމަށްފަހު ކިމް ބުނެފައިވަނީ އޭނަގެ ފިރިމީހާ އަށް ވަނީ ބައިޕޯލާ ޑިޒީޒްޖެހިފައި ކަމަށާއި އެބަލީގެ އަސަރުކޮށްފައި ހުރުމުން އެވާހަކަ ތަކަކީ ކެންޔޭ ގަސްތަކާނުލައި ދައްކާފައިވަ ވާހަކަތަކެއް ކަމަށެވެ.
ވަރިވުމަށް ފޯމް ލުމާއިއެކު ކިމްވަނީ ހަތަރު ދަރިންގެ ބެލެނިވެރިކަން ހޯދުމަށް ލޯޔަރުންނާއި ވާހަކަދައްކާފައެވެ. ކިމްގެ ގަތްފަރާތަކުން މިދެމީހުން ވަރިވާކަން މީޑިއާއަށް ހާމަކުރިނަމަވެސް އިތުރު މައުލޫމަތެއް ދީފައިނުވެއެވެ.
މި ދެތަރިންގެ ކައިވެނީގައި މައްސލަތައްޖެހެންފެށީ ކާންޔޭއަށް ބައިޕޯލާ ޑިޒީޒްޖެހުމަށްފަހު ކަމަށް މީޑިއާރިޕޯރތްތައް ބުނެއެވެ. ކާންޔޭ އަށް ބައިޕޯލާ ޖެހިފައިވާކަން އޭނާ އަމިއްލައަށް މީޑިއާއާއި ހިއްސާކޮށްފައެވެ.
ކިމް އާއި ކާންޔޭ ލޯބީގެ ގޮތުން ގުޅުނީ 2012 ވަނަ އަހަރުއެވެ. މި ދެތަރިން ލޯބީގެ ގޮޮތުންގުޅިގެން އުޅެ ފުރަތަމަ ދަރިފުޅު ނޯރތް ލިބުމަށްފަހު މާގިނަ ދުވަހެއްނުވެ ކައިވެނިކުރިއެވެ. އިޓަލީގައި ކުރި މިކައިވެންޏަކީ ވަރަށްކުލަ ގަދަކޮށް ބޭއްވި ކައިވެންޏެކެވެ.