English Edition
Dhivehi Edition

މަޝްހޫރު މޭކަޕް އާޓިސްޓު އަދި މޮޑެލްއެއްގެ އިތުރުން ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަންސް ރިއަލިޓީ ޝޯވްގެ ތަރި ކައިލީ ޖެނާރ އޭނަގެ ލިޕްފިލަރ ނަގައިފިއެވެ.

އުމުރުން 20 އަހަރުގެ ކައިލީ ޖެނަރ ލިޕްފިލަރ ނެގިިކަން ކަށަވަރުކޮށްދީފައިވަނީ އިންސްޓަގްރާމް ފޮޓޯއަކަށް ފޭނެއް ސުވާލު އުފެއްދުމާއި ގުޅުގެންނެވެ. ހަލެއިތޯން ނަމަކަށް ކިޔާ އަންހެނަކު ވަނީ ކައިލީގެ ފޮޓޯގައި “ކުރީގެކައިލީ އާ ވައްތަރީ ކީއްވެގެން އަހަންނަކަށްނޭންގޭ” މިހެން ބުނެ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ކައިލީ ބުނެފައިވަނީ ތިމަންނަ މިހާރު ހުރިހާ ލިޕްފިލާ އެއްވަނީ ނަގާފަފައޭ ބުނެފައެވެ

ކައިލީޖެނާބުނެފައިވަނީ އޭނާ އުމުރުން އެންމެ ފަނަރަ އަހަރުގައި ދިމާވި ފިިރިހެން ރަހުމަތްތެރިޔަކު ތުންފަތް ކުޑަވެގެން އެކަމާ މަލާމާތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެދުވަހުން ފެށިގެން ބޭނުންވީ ތުންފަތް ބޮޑުކޮށް ބެހެއްޓުމަށެވެ. ކައިލީ މޭކަޕް ގެ ޖާދޫއިން ތުންފަތް ބޮޑުކޮށްދައްކާ ގޮތަށް މޭކަޕް ކުރަމުން އައިސް އުމުރުން 16 އަހަރުގައި އެންމެ ފުރަތަމަ ލިޕްފިލާ އިނޖެކްޝަން ބޭނުންކުރަންފެށިއެވެ. ފޭނުން އެކަން ފާހަގަވެގެން ސުވާލުކުރުމުން އޭނަވަނީ އެކަމާދެކޮޅުހަދާފައެވެ. ނަމަވެސް 2015 ވަނަ އަހަރު ކާޑޭޝިއަންސްގެ ރިއަލިޓީ ޝޯގައި ކައިލީ ލިޕްފިލަރ ބޭނުންކުރަން ފަށާފައި ވާކަމަށް ހާމަކުރިއެވެ.

އުމުރުން އެންމެ20 އަހަރުގެ މަޝްހޫރު މޭކަޕް އާޓިސްޓް އަދި ފައުންޑަރ އޮފް ކައިލީ ކޮސްމެޓިކްސް ގެ ކައިލީ ޖެނާއަކީ މިލިއަނަރެކެވެ. އޭނަގެ މިލްކިއްޔާތުގައި މިހާރު .420 މިލިއަން ޑޮލަރު އެބަހުއްޓެވެ. ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތިގައި ދުނިޔޭގެ އެންމެ ހަނގު މިލިއަނަރ ގެ ނަން ކައިލީއަށް 2020 ވަނަ އަހަރު ލިބޭނެކަމަށެވެ. ކާޑޭޝިއަން އާއިލާގައި ވެސް އެންމެ މުއްސަނދި މެމްބަރަކީ ކައިލީއެވެ.