ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރުންގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރައްވަވާ ކެންޑިޓޭޓުން ޕްރޮމޯޓް ކޮށް ދިނުމުގެ ފުރުސަތު އޭއޯ ނިއުސް އިން ހުޅުވާލައިފިއެވެ.
މިގޮތުން ދެކުނުގެ 4 އަތޮޅުގައި އިންތިޚާބުގައި ވާދަ ކުރައްވަވާ ކެންޑިޑޭޓުންނަށް ޚާއްޞަ ކޮށްގެން ތަފާތު ޕެކޭޖްތައް ހަދާފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ނިސްބަތް ނުވާ ކެންޓިޑޭޓުންގެ ޕްރޮފައިލް ތައްޔާރުކޮށް ދިނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
އޭއޯ ނިއުސް އަދި އޭއޯ ޗެނަލުން ކެންޑިޑޭޓުން ޕްރޮމޯޓު ކޮށްދިނުމުގައި
މި ޕެކޭޖް ތަކުގެ އިތުރު މައުލޫމާތު ހޯއްދެވުމަށް 7782034 މި ނަމްބަރަށް ގުޅުއްވުމުން މައުލޫމާތު ފޯރުކޮށް ދެވޭނެއެވެ. މީގެ އިތުރުން އޭއޯ ނިއުސްގެ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްގެން ވެސް ކުރިއަށް ގެންދެވޭނެއެވެ.
މީގެ ކުރިން ވެސް ކާމިޔާބު ކަމާއެކު ކެންޑިޑޭޓުންނަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ޕްރޮގްރާމުތައް ގެނެސްދީފައިވާއިރު އޭއޯ އިން ދެކުނުގެ 4 އަތޮޅަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދަން ހަމަޖެއްސި ކެންޑިޑޭޓުންގެ ބަހުސް މިހާރު ވަނީ، ކޮވިޑް 19 އާއި ގުޅިގެން ކެންސަލް ކޮށްފައެވެ. ނަމަވެސް “މަގޭ ކެންޑިޑޭޓް” ގެ ނަމުގައި ކެންޑިޑޭޓުންނަށް ޚާއްޞަ ވަކި ވަކި ޕްރޮގްރާމު ހެދުމަށް އޭއޯ އިން މިހާރު ވަނީ ހަމަޖައްސާފައެވެ.