English Edition
Dhivehi Edition

މެޕްސް ކޮލެޖުގެ އޮންލައިން ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 14 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކޮލެޖުން ހާމަކޮށްފިއެވެ.

އެޑްވާންސްޑް ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް އާ ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު ހުޅުވާލާފައިވާ މެޕްސް ކޮލެޖްގެ މާރޗް 2021 އިންޓޭކްގެ ކޯސްތަކުގެ ތެރޭގައި ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔެވުމަށް ވަރަށް ގިނަ ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ. މިގޮތުން ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ބިޒްނަސް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމެންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމެންޓްގެ ދާއިރާތައް ހިމެނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ކޯސްތަކުގެތެރޭގައި ހިމެނޭ އެކައުންޓިންގ އެންޑް ބިޒްނަސް ކޯސްތަކަކީ އެސޯސިއޭޝަން އޮފް ސަރޓިފައިޑް ޗާޓަރޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ)ގެ މޮޑިއުލްތައް ހިމަނައިގެން ފަރުމާކޮށްފައިވާ ކޯސްތަކެކެވެ. މިގޮތުން މިކޯސް ނިންމާ ދަރިވަރުންނަށް މެޕްސް ކޮލެޖުގެ ސެޓިފިކެޓްގެ އިތުރުން އޭ.ސީ.ސީ،އޭ. ގެ ސެޓްފިކެޓްވެސް ލިބެއެވެ. އަދިވެސް ފާހަގަކޮށްލެވޭ ކޯސްތަކުގެ ތެރޭގައި ވަރަށް ގިނަ ދަރިވަރުންގެ މެދުގައި މަޤުބޫލު ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމެންޓް ދާއިރާގެ ކޯސްތައް ހިމެނެއެވެ.

އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ގްރޭޑް ދިހަ އެއް ނިންމާފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާއިރު، މިކޯސް ނިންމާލުމަށްފަހު އެފަރާތްތަކަށް ޑިގްރީ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި އޭލެވެލް ފާހާއި އެކު ނުވަތަ މަސައްކަތުގެ ތަޖުރިބާގެ އަލީގައިވެސް ބެޗެލަރސް ޑިގްރީއަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބެއެވެ.

ރާއްޖޭގައި މަތީ ތަޢުލީމު ހާސިލްކުރާ ގިނަ ދަރިވަރުންނަކީ ވަޒީފާ އަދާކުރަމުން ކިޔަވާ ދަރިވަރުން ނަށްވެފައި މެޕްސް ކޮލެޖުގެ ކޯސްތަކުގައި ކިޔަވައިދެނީ ދަރިވަރުންގެ ވަޒީފާގެ ގަޑިތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކްލާސްތައް ހަމަޖައްސައިގެންނެވެ. އެގޮތުން ކްލާސްތައް ކުރިއަށް ގެންދަނީ ހަވީރު 5އިން ރޭގަނޑު 11އާ ދެމެދުއެވެ. މެޕްސް ކޮލެޖްގައި ހިންގާ ހުރިހާ ކޯސްތަކެއްގައިވެސް ކިޔަވައިދެއްވަނީ ތަޖުރިބާކާރު ލެކްޗަރަރއިންނެވެ. މީގެ ތެރޭގައި ދިވެހި އަދި ބިދޭސީ ލެކްޗަރަރ އިން ހިމެނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ޑިގްރީ ކޯސްތަކަކީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް” ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ. މިގޮތުން ގިނަ ކޯސްތައް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މުޅިން ހިލޭ ކިޔެވޭއިރު ޓުއަރިޒަމް އަދި އެކައުންޓިން އެންޑް ބިޒްނަސް ފަދަ ބައެއް ކޯސްތަކަކީ މި ސްކީމްގެ ދަށުން ކިޔަވާ އިރު ދަރިވަރުންގެ އަމިއްލަ އަތުން ކުޑަފީ އެއް ދައްކައިގެން ކިޔެވޭނެ ކޯސްތަކެކެވެ.

1999ވަނަ އަހަރު ވުޖޫދަށްއައި މެޕްސްކޮލެޖްގައި ހިންގާ އިންޓަނޭޝަނަލް ކޯސްތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ ބެޗްލަރސް ޑިގްރީ އަދި މާސްޓަރސް ޕްރޮގްރާމްތައް ހިމެނެއެވެ. މީގެއިތުރުން މެޕްސް ކޮލެޖުގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ އެންމެ ދުވަސްވީ ދެ ޕްރޮގްރާމްކަމަށްވާ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކަޓިވް (އޭ.ބީ.އީ) އަދި އޭ.ސީ.ސީ.އޭ.ގެ ޕްރޮގްރާމްތައް ހިމެނެއެވެ.

މުޅި ދުނިޔެވެސް ތަހައްމަލުކުރަމުންދާ ކޮވިޑް-19އިގެ ޕެންޑަމިކްއާއި ގުޅިގެން މިވަގުތު މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތަކެއްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މެޕްސް ކޮލެޖުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ކޮލެޖްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި އެކޮލެޖުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ލިބޭނެފަދަ ގޮތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށެވެ.

މާރޗް 2021ގެ ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 14 މާރޗް 2021ގެ ނިޔަލަށެވެ. ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ.

މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 22 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.