English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

ޓާފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މާލެ ވިޔަފާރި ބަނދަރުގައި ކްރޭނަކުން އުފުލި ކާޕެޓް ރޯލެއް ވެއްޓި ހިނގި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނީ ހދ. ނޮޅިވަރަން، ނައިޓްޑްރީމް، އިމްރާން އަލީ، 28، އަށެވެ.

އިމާރާންގެ ގައިމައްޗަށް ޓާފްރޯލް ވެއްޓި އޭނާގެ ދެފައި އިރައިގެން ގޮސްފައިވާއިރު، އޭނާ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ.

އިމްރާނަކީ “މިނާ އިންވެސްޓްމަންޓް” ކްލިއަރެންސް ގްރޫޕުގެ މަޖޫރީއެކެވެ. މި ހާދިސާގެ ތަހުޤީގު އެމްޕީއެލް އިން ފަށާފައިވާއިރު ވަކި ގޮތެއް އަންގަންދެން މިނާ އިންވެސްޓްމަންޓާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފައެވެ.