English Edition
Dhivehi Edition

އައްޑޫ އިން ލޯކަލް ކައުންސިލްގެ އިންތިހާބު ފަށަނީ ކަށަވަރުވެފައިވާ ކައުންސިލްގެ ތިން ގޮނޑިއާއި އެކު ކަމަށާއި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއިން ހިފަހައްޓާނެކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ތިން ކެންޑީޑޭޓަކު އިންތިހާބާއި ނުލާ ކައުންސިލް ގޮނޑި ކާމިޔާބުކުރުމާއި ގުޅިގެން މަރުހާބަ ވިދާޅުވެ ކުރެއްވި ޓުވިޓެއްގައެވެ

މި ގޮތުން ނިޒާރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އައްޑޫ އިން ލޯކަލް ކައުންސިލްގެ އިންތިހާބު ފަށަނީ ކަށަވަރުވެފައިވާ ކައުންސިލްގެ ތިން ގޮނޑިއާއި އެކު ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއިން ހިފަހައްޓާނެކަމަށާއި އެ ކައުންސިލަކީ އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ފަދަ މިސްރާބަކަށް ދަތުރުކޮށްދޭނެ ކައުންސިލަކަށް ވެގެންދާނެކަމަށް ނިޒާރުވަނީ ވިދާޅުވެފައެވެ.

އިންތިހާބާއި ނުލައި ގޮޑި ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަކީ ހިތަދޫ ބޭރުމަތި ދާއިރާއަށް ކުރިމަތިލެއްވި މަރިޔަމް ސައީދާ(މަރީ) އާއި ހިތަދޫ ކޮރޮވަލު ދާއިރާއަށް ކުރިމަތި ލެއްވި އިބްރާހިމް ޝިނާޒު މޫސާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރެއްވި ހުސެއިން ފައިޒުއްރަހްމާންއެވެ.

ހިތަދޫ ބޭރުމަތި ދާއިރާއަށް ކުރިމަތިލާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން މަރީ މި ގޮނޑި ކަށަވަރުކުރިއިރު، ޝިނާޒު މި ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޖިނާން (ޖިންކޯ) ނަން އަބުރާ ގެންދިއުމުންނެވެ. އަދި ފައިޒް މި ގޮނޑި ކަށަވަރުކޮށްފައިވަނީ ހުޅުދޫ ދާއިރާއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އައްބާސްގެ އިތުރުން ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ މޫސާ ބުޝްރީ އާއި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވި މުހައްމަދު ޔާސީނު (ސީނު)ނަން އަނބުރާ ގެންދިއުމުންނެވެ.

3 ކޮމެންޓް
ސަރުކާނު
ފެބުރުއަރީ 15, 2021
ދެން ނަޝީޑުގެ ލާދީނީކަނކަން ކުރިއަރުވަން ނިޒާރުމެން ތިބޭ. ﷲއިރާދަކުރެއްވިއްޔާ ރީތި ރޯޅިއެއްގަ ދާނެ.
ރަދީފް
ފެބުރުއަރީ 15, 2021
ނިޒައްރޭ ތޯ ކޮސްނިހޮއްލަ ވާ.
ޢާއްނު
ފެބުރުއަރީ 15, 2021
މިޔަށްހީވޭލެޢްތީ