English Edition
Dhivehi Edition

ހުކުރު އުފާގެ ތެރެއިން ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އިސްލާމިކު މިނިސްޓަރު ޑޜ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ކުރިއަށް ގެންދާ ހުކުރު އުފާގެ ކުރިއަށް އޮތް ދެ ހަފްތާވެސް ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ހާއްސަކޮށްފައިވާކަމަށެވެ.
ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މީޑިއާގެ ޒަރިއްޔާ އިން މައުލޫމާތު ފޯރުކޮށްދީ ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ބޭއްވުމަށް ނިންމާފައިވާ ޓެލެތޯން ބޭއްވުމަށް މިހާރު ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ޓެލެތޯން ބޭއްވުމަށް ހުރިހާ މީޑިއާ އަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮނެމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ ހުކުރުއުފާއަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި އެތަނަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރަމުންދެއެވެ.

ޓެގު