English Edition
Dhivehi Edition

އައްޑޫސިޓީގައި ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުންދާ މިދަނޑިވަޅާއި ދިމާކޮށް ރެންޑަމް ސާމްޕަލް ނެގުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވެއްޖެއެވެ. އައްޑޫގައި ކޮވިޑް 19 ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ކުރިއަށްގެންދާ މި ސަވައިލެންސް ޕްރޮގްރާމް، އެއް ހަފްތާއަށް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން އައްޑޫގެ އެކި ސަރަޙައްދު ތަކުން ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް އީއޯސީން ވިދާޅުވެއެވެ.

އައްޑޫގައި ކޮވިޑް 19 އަށް މިއަދު 5 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް މުޅިއެކު 58 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ 4 މީހަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު ފުވައްމުލަކުން ޕޮޒިޓިވް ވި އައްޑޫ މީހަކުވެސް އިތުރު ފަރުވާއަށް އައްޑޫއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.