English Edition
Dhivehi Edition
20 ފެބުރުވަރީ 2021: ކޮވިޑް ވެކްސިން ދިނުން އައްޑޫ ސިޓީ ފޭދޫ ޞިއްޙީ މަރުކަޒުން ފޭދޫ ސްކޫލްގައި ކުރިއަށްގެންދަނީ - ފޮޓޯ: ސ. ފޭދޫ ޞިއްޙީ މަރުކަޒު

އައްޑޫސިޓީގެ މޮނިޓަރިން ހާލަތުން އުވާލުމަށް ނަގަންޖެހޭ ރެންޑަމް ސާމްޕަލްތައް ނެގުމަށް އަންގާފައިވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވަނީ އައްޑޫސިޓީގެ މޮނިޓަރިން ހާލަތު އުވާލުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗްޕީއޭއަށް ފޮނުވި ސިޓީގެ ޖަވާބުގައެވެ. އެޗްޕީއޭއިން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ އައްޑޫސިޓީގެ ހާލަތު ރަނގަޅުކަން ދެނެގަތުމަށް ކުރާ ޓެސްޓުތަކުގެ، މައުލޫމާތުތައް ފުރިހަމަކޮށް އެޗްޕީއޭއަށް ލިބިފައިނުވާތީ މޮނިޓަރިންއިން ނެގުމަށް ނިންމަންޖެހޭ ނިންމުންތައް، ނިންމުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ.

އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލެވޭނީ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށްފަހުކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ކުރިއަށް އޮތް ދެތިން ދުވަހަށް ބަހާލައިގެން ރެންޑަމް ސާމްޕަލްތައް ނެގުމަށް އަންގާފައިވާނެ ކަމަށެވެ.އައްޑޫ ސިޓީގެ މޮނިޓަރިން އުވާލުމަށް އެޗްޕީއޭއިން ވަނީ ގާތްގަނޑަކަށް، އާބާދީގެ %5 ގެ ސާމްޕަލްތައް ނެގުމަށް ހޮސްޕިޓަލުގައި އެދިފައެވެ،

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ސަތޭކައަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ސިޓީއިން ޖުމްލަ 2941 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 49 އެއްގައި އުޅޭއިރު، އެ ސިޓީއިން ބަލިޖެހުނު 2880 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.