English Edition
Dhivehi Edition

މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ދީނީ ތައުލީމް އުނގަންނައިދޭ ސުކޫލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި 23 ކުދިންނާއި ޓީޗަރުން މަރުވެއްޖެ އެވެ.

ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއްޔާ ސްކޫލުގައި އަލިފާން ރޯވީ މިއަދު ވަރަށް ހެނދުނާ އެވެ. އެ ސުކޫލަކީ ބޭނުންވާ ދަރިވަރުންނަށް ސުކޫލުގައި ދިރިއުޅެވޭ ގޮތަށް ހުންނަ ސުކޫލެކެވެ. މަރުވެފައިވަނީ ސުކޫލުގައި ދިރިއުޅެމުންދާ ދަރިވަރުންތަކެކެވެ.

“މަރުވިކަން މިހާތަނަށް ޔަގީން ކުރެވިފައި ވަނީ 23 ކުދިންނާއި ދެ ސުޕަވައިޒަރުން،” ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޚިރުއްދީން ދުރަހްމާން ވިދާޅުވި އެވެ. “މިއީ ވޭތުވެދިޔަ ވިއްސަކަށް އަހަރަށް ބަލާއިރު މެލޭޝިއާގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ.”

ތަހުފީޒު ދާރުލް ޤުރުއާން އިއްތިފާގިއްޔާގައި ރޯވެ ދަރިވަރުންތަކެއް މަރުވި އިރު މިއީ ވޭތުވެ ދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި މެލޭޝިޔާގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ އެއް ހާދިސާއެވެ.