English Edition
Dhivehi Edition
17 މެއި 2017: މަތި ތަޢުލީމުގެ ލޯނު އެހީ ލިބޭ ދަރިވަރުންނަށް ލިޔުން ހަވާލުކުރުން - ފޮޓޯ: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ މަތީ ތަޢުލީމުގެ ލޯނު އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިއަދު ކުރި އިޢުލާނެއްގައިވާ ގޮތުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ 770 ލޯނުގެ ފުރުސަތެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ނުވަތަ ލައިސަންސް ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމްތައް ކިޔެވުމަށެވެ.

ލޯނު އެހީ ދިނުމުގެ ޝަރުތުތައް “ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު” ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެ ކަމަށާއި، ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ހަޔަރ އެޑިޔުކޭޝަނުން ބުންޏެވެ. ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މަތީ ތަޢުލީމުގެ ލޯނު އެހީއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 4 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.