English Edition
Dhivehi Edition

މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ 1،000 ލޯނަށް އެދި ކުރިމަތިލުމުގެ ހުޅުވާލައިފި ކަމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

އެ އިދާރާއިން މިއަދު އާންމުކުރި އިއުލާނުގައި ބުނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޫކުރާ މި ލޯނުގެ ފުރުސަތަށް ކުރިމަތިލާން އެދޭ ފޯމު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި އެ އިދާރާގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށް ބުންޏެވެ.

ޑިޕްލޮމާއިން ފެށިގެން މާސްޓާސްއާ ހަމައަށް، ރާއްޖޭ އަދި ރާއްޖޭން ބޭރުގައި ހުރެގެން ކިޔަވަން ދޫކުރާ މި ލޯނަށް އެދި ފޯމު ހުށަހަޅަން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 5 ވަނަ ދުވަހާ ހަމައަށެވެ.

މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެ ފަހަރަށް ލޯނަށް ހުޅުވާލަ އެވެ. އެކަމަކު މިއީ މިއަހަރު ހުޅުވާލި ފުރަތަމަ ފަހަރެވެ.

މި ލޯނުގެ ތެރެއިން 16 ދާއިރާއަކުން ރާއްޖޭން ކިޔެވުމަށް ދެނީ 428 ފުރުސަތެވެ. ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ތިބެގެން 28 ދާއިރާއަކުން ކިޔަވަން ދީފައިވަނީ 572 ފުރުސަތެވެ.

ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ޓްރެއިނިން އާއި ނާސިން އާއި ޓީޗިން އަދި ޝަރީއާ އެންޑް ލޯގެ ކޯސްތައް ހިމެނެ އެވެ. ރާއްޖޭން ބޭރުގައި ހުރެގެން އެމްބީބީއެސްއާ ޕޮލިޓިކަލް ސައިންސް ފަދަ ދާއިރާތައް ހިމެނެ އެވެ.

މި ލޯނު ލިބޭ ފަރާތްތަކުން ކިޔެވުން ނިންލާތާ ހަތް މަހުގެ ތެެރޭގައި ލޯނު ދައްކަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

.

1 ކޮމެންޓް
Aishaa
އޮގަސްޓް 23, 2017
Kiyavaidhey ais vazeefaa nulibijjeyyaa loanu dhakkaanee kihineh