English Edition
Dhivehi Edition
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ،ޑރ.އިބްރާހިމް ޙަސަން

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން މި ފަހަރު ލޯނު ލިބުނީ އެންމެ 79 ފަރާތަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގިނަ ބަޔަކަށް ފުރުސަތު ގެއްލުނީ އާންމު ކޮށްފައިވާ އުސޫލާ ޚިލާފަށް ލޯނަށް އެދި ހުށަހެޅުމުން ކަމަށެވެ. އަދި އެ މީހުން ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސާފުކޮށް ދޭނެ ކަމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ބާޠިލުކުރެވުނު ފޯރމްތަކުގެ ސަބަބުން ހުސްވި ޖާގަތަކަށް ހުށެހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވައިލާނެއެވެ.

މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ މީހުންނަށް ލޯނު ދިނުމަކީ، މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވާއިރު، އެ ފުރުޞަތު އެތައް ބަޔަކަށް ގެއްލުމުން ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.