English Edition
Dhivehi Edition

އައްޑޫސިޓިގައި މިހާރު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވައި ލެއްވުމަށް ކުރައްވަވާ ދަތުރުފުޅެއްގައި ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ރޭ އައްޑޫއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި އައްޑޫގެ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެއްލެވުމާއި އައްޑޫގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވައިލެއްވުން ހިމެނެއެވެ.

މީގެ އިތުރުން މިއަދު މެންދުރު ފަހު ހުޅުމީދޫ އަށް ޒިޔާރަތް ކުރައްވަވައި މީދޫ ނެރުކެނޑުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވައިލެއްވުން ވެސް މިނިސްޓަރ ގެ ދަތުރުފުޅުގައި ހިމެނިފައިވެއެވެ.

ހައުސިންގ މިނިސްޓަރ އައްޑޫއަށް ކުރައްވަވާ މި ދަތުރުފުޅުގައި މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އަބްދުﷲ ޒިޔާދުއާއި އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޝަރީފް ގެ އިތުރުން ކޯޑިނޭޓަރ އަލީ ސަލީމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިނިސްޓަރ މުއިޒް އައްޑޫއަށް ކުރައްވަވާ މި ދަތުރުފުޅު ނިންމަވާލުމަށް ފަހު އައްޑޫއިން ފުރާވަޑައިގަންނަވާނީ މާދަމާ ފަތިހުގައެވެ.