English Edition
Dhivehi Edition
ޑރ.މުއިއްޒު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގަތުން / ފޮޓޯ:ޕީޕީއެމް

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ފެށުމަށް ސާވޭ ހަދަން 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު ވެ ވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދު ފުއްދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަަމަ އަހަރުވެސް ފައްޓަވާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ގޮތުން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު ޑރ. މުއިއްޒު ވިދާޅުވީ މިއީ ނުވާވަރުގެ މަސައްކަތެއް ނޫންކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހުޅުމީދޫ ހިތަދޫ އާއި ބްރިޖަކުން ގުޅާލާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ މަނިކުފާނުގެ ތަސައްވުރާއެކު ޑރ.މުއިއްޒުގެ ވެރިކަމުގައި އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ މި ބްރިޖަކީ އައްޑޫގެ އިގްތިސާދާ އަދި އެ ސީޓީގެ ތަރައްގީއާއި ގުޅިފައިވާ މުހިއްމު ‘ފާލަމެއްކަމަށް’ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އައްޑޫ ސިޓީ ބްރިޖުގެ މަސައްކަތުގެ އިތުރުންވެސް އަންނަނަ އަހަރަށް ކަނޑައަޅާފައިވާ ބެޖެޓުގައި އެ ސިޓީގެ ގިނަ މަޝްރޫއުތައް ވަނީ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.