English Edition
Dhivehi Edition
ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކުގެ ގުރު ނެގުން - ފޮޓޯ: ސަލްވީން (އަވަސް)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީން ހާމަކުރާ ގޮތުގައި ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ކެންޑިޑޭޓުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 11 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ފޯމު ހުށަހަޅާނީ [email protected] އަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލީ 2020 ޖޫން 23 ވީ އަންގާރަ ދުވަހުން ފެށިގެންނެވެ.

މި އިންތިޚާބު މިހާރު ބޭއްވުމަށް ނިންމާފައި ވަނީ 10 އޭޕްރީލް 2021 ވާ ހޮނިހިރު ދުވަހު އެވެ.