English Edition
Dhivehi Edition
ވޯޓު ފޮއްޓެއް

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިހާބުގައި ރީ-ރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެންމެ ގިނައިން ރާއްޖެއިން ބޭރަށް ރީ-ރެޖިސްޓްރީކޮށްފައި ވަނީ މެލޭޝިއާ އަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ އާންމު އިންތިހާބުގައި, ރީ ރެޖިސްޓްރޭޝަނުގެ މުއްދަތު މިއަދު މެންދުރު ފަހު 15:00 އަށް ހަމަވިއިރު, ރާއްޖެއިން ބެރުގައި ބެހެއްޓުމަށް ނިންމާފައިވާ ފޮށިތަކަށް 1،073 މީހަކު މިހާތަނަށް ރީ-ރެޖިސްޓާ ކޮށްފައެވެ.

އެގޮތުން އެންމެ ގިނައިން މީހުން ރީ-ރެޖިސްޓަރ ކޮށްފައިވަނީ މެލޭޝިއާގައި ބަހައްޓާ ފޮއްޓަށެވެ. އެ ފޮއްޓަށް 583 މީހަކު ރެޖިސްޓަރ ކޮށްފައިވާއިރު ދެން އެންމެ ގިނައިން މީހުން ރެޖިސްޓަރ ކޮށްފައިވަނީ ސްރީލަންކާއަށެވެ. ލަންކާ ފޮއްޓަށް 276 މީހުން ވޯޓުލާން ރެޖިސްޓާވެފައިވެއެވެ. އިންޑިއާއަށް 101 މީހަކު ރެޖިސްޓަރ ކޮށްފައިވާއިރު އިނގިރޭސި ވިލާތުގެ ލަންޑަނަށް 76 މީހަކު، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް 24 މީހަކު އަދި ތައިލެންޑަށް 13 މީހަކު ވަނީ ރެޖިސްޓަރ ކޮށްފައެވެ.

ޓެގު