English Edition
Dhivehi Edition

މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ 17 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

މި މާރާމާރީގައި މަރުވެފައިވަނީ ގއ. މާމެންދޫ ލިލީއޮފް ދަ ވެލީ އުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު އެވެ.

ފުލުހުން ވިދާޅުވީ މާމެންދޫގައި 2 ގުރޫޕެއްގެ ދެމެދުގައި މާރާމާރީ އެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 22 ގަޑި 10 އެއްގައި ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި ސީރިއަސް އަނިޔާދީ ޒަޚަމް ކުރި ކުއްޖާ މަރުވީ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މާރާމާރީ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު އަނިޔާވި އިތުރު މީހަކަށް މާމެންދޫ ސިއްހީ މަރުކަޒުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.