English Edition
Dhivehi Edition
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝަށް ފުރާވަޑައިގަންނަވައިފިއެވެ. މިނިސްޓަރ ބަންގްލަދޭޝަށް ފުރާވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރާ ގޮތުގައި މިނިސްޓަރ ޝާހިދު، ބަންގްލަދޭޝަށް ކުރައްވާ ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅަކީ، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޑރ. އޭ. ކޭ. ޢަބްދުލް މޫމިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގުޅުމާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު، ޑރ. އޭ. ކޭ. ޢަބްދުލް މޫމިން އާ މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ބަންގްލަދޭޝްގެ ރައީސް، ހިޒް އެކްސެލެންސީ އެމްޑީ އަބްދުލް ހާމިދު އާއި ބޮޑުވަޒީރު، ހާރ އެކްސެލެންސީ ށެއިޚް ހަސީނާ އާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ޢަބްދުލް ޣަފޫރު އާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، ފާތިމަތު ޣިނާވެސް ބައިވެރިވެވަޑައިގަންނަވައެވެ.